Last Updated: July 8, 21:46
Tuesday, July 8, 2025
ޚަބަރު

ސަން ސިޔާމު ރިސޯޓްސްގެ އެޕްރެންޓިސް ފަށައިފި

ޓޫރިޒަމް ދާއިރާ އަށް މީހުން ބިނާކުރަން ސަން ސިޔާމު ރިސޯޓްސް އިން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށައިފި އެވެ.

މި މަހުގެ 1 ގައި ފެށި މި ޕްރޮގްރާމްގައި ދެ ޖިންސު ހިމެނޭހެން 13 ޒުވާނުން ބައުވެރިވެ އެވެ. ސަން ސިޔާމު ރިސޯޓްސްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޔޫތު މިނިސްޓްރީއާ ގުޅިގެން އެ މިނިސްޓްރީން ކުރިއަށް ގެންދާ ސަސްޓައިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބާ ސާވިސެސް (ސެއިލްސް ޕްރޮޖެކްޓް) ގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.

ހަ މަސް ދުވަހަށް ހިންގާ ޕްރޮމްގާމްގައި ރިސޯޓްގެ ތަފާތު އެކި ދާއިރާތަކުން ތަމްރީނާއި ތަޖުރިބާ ފޯރުކޮށް ދޭނެ އެވެ.

ޓޫރިޒަމް ދާއިރާ އަށް މީހުން ބިނާކުރަން ވަރަށް ގިނަ ރިސޯޓްތަކުން މިހާރު އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ހިންގަ އެވެ.