Last Updated: July 16, 10:21
Wednesday, July 16, 2025
މުނިފޫހިފިލުވުން

މަދޫރްގެ 'ދަ ވައިވްސް' ގެ ޝޫޓިން ފަށައިފި

އަންހެނުންނާ ގުޅުން ހުރި ވާހަކަތަކަށް ފިލްމު ހަދަން މަޝްހޫރު ބޮލީވުޑްގެ ޑައިރެކްޓަރު މަދޫރް ބަންޑާކަރްގެ އާ ފިލްމު 'ދަ ވައިވްސް' ގެ ޝޫޓިން މިއަދު މުމްބާއީގައި ފަށައިފި އެވެ.

މި ފިލްމަކީ ފިލްމު ކުޅޭ މަޝްހޫރު އެކްޓަރުންގެ އަނބިންގެ މުއްސަނދި 'ޕޮޝް، ގްލެމަރަސް" ލައިފް ސްޓައިލާއި އެ މީހުންގެ ހަޔާތުގެ "އަނދިރި ފަރާތް" ދައްކުވައި ދޭނެ ފިލްމެކެވެ.

'ދަ ވައިވްސް" ގެ މައިގަނޑު ކާސްޓުންނަކީ މޯނީ ރޯއި އާއި ސޮނާލީ ކުލްކަރްނީ އާއި ރެޖީނާ ކެސެންޑްރާ އާއި ރާހުލް ބަޓާއި އަރްޖަން ބަޖްވާ އާއި ސޯރަބް ސަޗްދޭވް އަދި ފްރެޑީ ދާރޫވާލާ އެވެ.

"ޗާންދުނީ ބާ" އާއި "ޕޭޖް 3" އާއި "ފެޝަން" އަދި "ހިރޮއިން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދީގެން ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ މަދޫރްގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "އިންޑިއާ ލޮކްޑަައުން" އެވެ.

"ދަ ވައިވްސް" އަކީ ހުނަރުވެރި ޑައިރެކްޓަރުގެ 16 ވަނަ ފިލްމެވެ.