Last Updated: July 16, 11:22
Wednesday, July 16, 2025
ރިޕޯޓް

ބޮޑު ޝިރުކާއި ކުޑަ ޝިރުކުގެ ތަފާތު!

ކުޑަ ޝިރުކާއި ބޮޑު ޝިރުކުގައި ވަރަށް ގިނަ ތަފާތު އެކުލެވެ އެވެ. އެ ތަފާތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެ އެވެ.

1. ތައުބާ ނުވާހާ ހިނދަކު ބޮޑު ޝިރުކުގެ ފާފައެއް ނުފުއްސަވާނެ އެވެ. އެހެން ނަމަވެސް މާތް ﷲ އިރާދަ ކުރައްވާ މީހަކަށް ކުޑަ ޝިރުކުގެ ފާފަފުއްސަވައި ދެއްވަ އެވެ.
2. ބޮޑު ޝިރުކުގެ ސަބަބުން ހުރިހާ ޢަމަލުތަކެއް ގެއްލެނިވެގެން ދާނެ އެވެ. އެހެން ނަމަވެސް ކުޑަ ޝިރުކުގެ ސަބަބުން ގެއްލިގެންދާނީ އެކަމާ ގުޅޭ ކަންކަމެވެ.
3. ބޮޑު ޝިރުކުގެ ސަބަބުން މީހާ މިއްލަތުން ބޭރުވެގެން ދާނެ އެވެ. ނަމަވެސް ކުޑަ ޝިރުކުގެ ސަބަބުން މީހާ މިއްލަތުން ބޭރުވެގެން ނުދާނެ އެވެ.
4. ބޮޑު ޝިރުކުގެ ސަބަބުން މީ ތާއަބަދަށް ނަރަކައިގައި ދެމި އޮންނާނެ އެވެ. އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމް ވާނެއެވެ. އެހެން ނަމަވެސް ކުޑަ ޝިރުކު ހިމެނޭނީ އެހެނިހެން ފާފަ ފަދައިންނެވެ.

މައުލޫމާތު: ޝައިހް މޫސާ އަންވަރު ހަސަން