Last Updated: July 15, 16:49
Wednesday, July 15, 2026
ޚަބަރު

ފެނަކައިގެ ޗެއާމަނަކަށް ޝާމް

ފެނަކަ ކޯޕަރޭޝަމްގެ ޗެއާމަންގެ މަގާމަށް ހުސެއިން ޝާމް އާދަމް އައްޔަންކޮޮށްފި އެވެ.

އޭނަ އެ މަގާމަށް އައްޔަން ކުރިކަން ހާމަކޮށް ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާ ފެނަކައާ ގުޅިވަޑައިގަތުމަކީ ކުންފުންޏަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެއް ކަމަށެެވެ.

ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝާމް ވަނީ މީގެ ކުރިން ފެނަކައިގެ ނޮން އެގްޒެކިޓިވް ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

ފެނަކައިގެ ޗެއާމަނެއްގެ ގޮތުގައި މިހާތަނަށް ހުންނެވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އަލީ އެވެ.