Last Updated: July 12, 22:22
Saturday, July 12, 2025
ޚަބަރު

މިސްކިތުގައި ނެށި ކުދިންނަށް ނަސޭހަތްތެރިވާނަން: ޝަހީމް

މިސްކިތްތަކުގައި ނެށުމަކީ ހެޔޮވެގެން ވާނެ ކަމެއް ނޫން ކަމަށާއި، މިސްކިތް ތެރޭގައި ނެށި ކުދިންނަށް ނަސޭހަތްތެރިވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ފުވައްމުލައް ސިޓީގެ މިސްކިތެއް ތެރޭގައި ކުދިންތަކެއް ނަށާ ވީޑީއޯ އާންމުވެފައިވާއިރު، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން ޝަހީމް ވިދާޅުވީ މިސްކިތްތަކަކީ މާތްﷲ އަށް އަޅުކަން ކުރުމަށާއި، އެކަލާނގެ ޒިކުރު ކުރުމަށް ބިންމަތީގައި ލެއްވިގެންވާ މާތް ބިނާތައް ކަމަށެވެ.

"އެތަންތަނުގައި ނަށާއި އެތަންތަނާއި ނުގުޅޭ ކަންކަން ކުރުމަކީ ހެޔޮވެގެން ވާނެ ކަމެއް ނޫން. އެ ކުދިންނަށް މިނިސްޓްރީން ނަސޭހަތްތެރިވާނެ،" ޝަހީމް ވިދާޅުވި އެވެ.