Last Updated: July 12, 22:22
Saturday, July 12, 2025
ޚަބަރު

އައިޖީއެމްއެޗްގެ އައިނު ފިހާރަ މި މަހު ހުޅުވަނީ

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗްގައި ހުޅުވަން ނިންމާފައިވާ އައިނު ފިހާރަ މި މަހުގެ ތެރޭގައި ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.

މިކަމާ ގުޅޭ ގޮތުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް، ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް މި މަހުގެ ތެރޭގައި އައިނުގެ ޚިދުމަތް މާލެ ދޭން ފަށާނެ ކަމަށާއި މިއާއެކު ނަމްބަރު ނެގުމާއި އަދި އެހެން ތަނަކުން ނަގައިންގެން އަންނަ ނަމްބަރަކަށް ވެސް އައިޖީއެމްއެޗްގެ އައިނު ފިހާރައިން އައިނު ހެއްދޭނެ ކަމަށެވެ.

"މަސައްކަތް ކުރަމުން މި ދަނީ މި މަހުގެ ތެރޭގައި އައިޖީއެމްއެޗްގައި އައިނު ފިހާރައެއް ހުޅުވުމަށް." އޭނަ ވިދާޅުވި އެވެ. "އަދި ކުރިއަށް އޮ ތްތަނުގައި ހުޅުމާލޭ ހޮސްޕިޓަލުގައިވެ ސް އައިނު ފިހާރައެއް ހުޅުވިގެން ދާނެ."

ޙަލީމް ވިދާޅުވީ، އައިނުގެ ވިޔަފާރި މީގެ ކުރިން ސަރުކާރުއިން ފޯރުކޮށް ދީފައި ނެތަސް އަލަށް މި ހިދުމަތް ސަރުކާރުން ދޭން ފެށުމުން ވަރަށް ގިނަ ރައްޔިތުންތަކަކަށް ލުއި ފަސޭހަކަން ލިބިގެން ދާނެ ކަމަށެވެ. އެގޮތުން އާސަންދައިން ކަނޑައަޅާފައިވާ ރޭންޖުގެ ތެރޭގައި ފެންވަރު ރަނގަޅު އައިނެއް ހެއްދޭނެ އިންތިޒާމު ސަރުކާރުގެ މައި ހޮސްޕިޓަލުގެ ތެރެއިން ހަމަޖެހުމަކީ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ ކަމަށް ކަމަށް ވެސް ވިދާޅުވި އެވެ.

ހަލީމު ވިދާޅުވީ މި ޚިދުމަތް ކުރިއަށް އޮތް ތަނުގައި އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކާ ހަމައަށް ގެންދާނެ ކަމަށެވެ.

އައިނު ހެއްދުމަށް ސަރުކާރުގެ ހެލްތު އިންޝުއަރެންސްގެ ތެރެއިން ދެމުންދިޔަ 1،000ރ. މިހާރު އޮތީ 2،000ރ. އަށް އިތުރުކޮށްފަ އެވެ.

އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އައިނު ހެއްދުމަށް 36،000 އަށްވުރެ ގިނަ މީހުންނަށް އާސަންދައިގެ ތެރެއިން 36 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެ އެވެ.