އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ކަސްޓަމާ ކެއާ ޔުނިޓްގެ މުވައްޒަފުންނަށް ހާއްސަ ޔުނިފޯމެއް ތައާރަފުކޮށްފި އެވެ.
މި ޔުނިފޯމްގައި ހިމެނެނީ މަޑު ނޫކުލައިގެ މަތީ ބަޔަކާއި ގަދަ ނޫކުލައިގެ ތިރީ ބައެކެވެ.
އޭއީއެޗުން ބުނީ ކަސްޓަމާ ކެއާގެ މުވައްޒަފުންނަށް ތައާރަފުކުރި އާ ޔުނިފޯމް ހޮސްޕިޓަލާއި އެތަނުގެ ދަށުން ހިންގަމުން އަންނަ އައްޑޫގެ ހުރިހާ ސިއްހީ މަރުކަޒުގެ ކަސްޓަމާ ކެއާ މުވައްޒަފުން ވެސް މިއަދުން ފެށިގެން ބޭނުން ކުރާނެ ކަމަށެވެ. އަދި މި ޔުނިފޯމަކީ ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރުމަށާއި ހިދުމަތް ހޯދާ ފަރާތްތަކަށް ކަސްޓަމާ ކެއާގައި މަސައްކަތްކުރާ މުވައްޒަފުން ފަސޭހަ އިން ފާހަގަކޮށް ދޭނެ ވަރަށް މުހިއްމު ބަދަލެއް ކަމަށެވެ.
އޭއީއެޗްގެ ކަސްޓަމާ ކެއާ މުވައްޒަފުންނަށް ހާއްސަ ޔުނިފޯމެއް ތައާރަފުކުރި އިރު، އެތަނުގެ ނަރުހުން ވެސް ހާއްސަ ޔުނިފޯމެއް ބޭނުން ކުރެ އެވެ. އެއީ ނޫކުލައިގެ ޔުނިފޯމެކެވެ.
އޭއީއެޗަކީ އަތޮޅު ތެރޭގައި ހިންގާ އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލެވެ. އެތަަނުގެ ހިދުމަތް ފެށީ 2020 ގެ ޖެނުއަރީގަ އެވެ.