Last Updated: June 10, 00:02
Tuesday, June 9, 2026
މުނިފޫހިފިލުވުން

އާލިއާގެ އަތުން 77 ލައްކަ ރުޕީސް ވަގަށް ނަގައިފި

އިންޑިއާގެ މަޝްހޫރު ބަތަލާ އާލިއާގެ ބަޓްގެ އަތުން ވައްކަން ކުރި މައްސަލައަކާ ގުޅިގެން އޭނަގެ ކުރީގެ އެސިސްޓް ވެދިކާ ޕްރަކާޝް ޝެޓީ ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނަ ހައްޔަރުކުރީ މަކަރާއި ހީލަތުން އާލިއާގެ އަމިއްލަ އެކައުންޓާއި އޭނަގެ އަމިއްލަ ފިލްމު ކުންފުނި، އެޓާނަލް ސަންޝައިން ޕްރޮޑަކްޝަންގެ އެކައުންޓުން 76.9 ލައްކަ ރުޕީސް ވަގަށް ނެގި މައްސަލައިގަ އެވެ.

އެ ވައްކަން ކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހާއި އޮގަސްޓް މަހާ ދޭތެރޭގަ އެވެެ.

އެ މައްސަލަ ފުލުހުންނަށް މި އަހަރުގެ ޖެނުއަރީ މަހުގެ 23 ގައި ފުލުހުންނަށް ރިޕޯޓްކުރީ އާލިއާގެ މަންމަ ބަތަލާ، ސޯނީ ރާޒްދާނެވެ. އާލިއާގެ ފައިނޭންސިން ކަންކަން ދަރިފުޅުގެ ފަރާތުން ރަސްމީކޮށް ބަލަހައްޓަނީ މަންމަ އެވެ. އެ ވާހަކަ ވަރަށް ގިނަ އިންޓަވިއުތަކުގައި ވެސް އާލިއާ ބުނެފައިވެ އެވެ.

ވެދިކާ އަދި އާލިއާ.

ބޮލީވުޑްގެ މިހާރު އެންމެ ކާމިޔާބު އަދި ނުފޫޒު ގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ އާލިއާގެ އެސިސްޓެންޓެއްގެ ގޮތުގައި ވެދިކާ މަސައްކަތްކޮށްފައި ވަނީ 2021-2024 އަށެވެ. އޭނަ މަގާމުން ދުރުކުރީ ވައްކަމުގެ މައްސަލަ ފަޅާއެރުމުންނެވެ.

ތިން އަހަރަށްދާ އަންހެން ދަރިޔަކު ވެސް ހުރި އާލިއާ އަކީ މަޝްހޫރު އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުންނެވެ.