Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ތ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ވައިޓް އެލާޓް

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ތ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް މިއަދު ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ އިދާރާ އެ އެލާޓް ނެރެފައި ވަނީ މެންދުރު ފަހު 1:30 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. އެގޮތުން އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްކޮޅެކެވެ.