Last Updated: July 12, 17:43
Saturday, July 12, 2025
ޚަބަރު

އިސްތަށިގަނޑު ކަޅު ކުރުން ހުއްދަ: ފަތުވާ

ފަތުވާ މަޖިލިސް - ފޮޓޯ: އަވަސް

އިސްތަށިގަނޑުގައި ކަޅުކުލަ ޖައްސައި ބޯ ކަޅުކުރުމަކީ ހުއްދަ ކަމެއް ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފި އެވެ.

ފަތުވާ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައިގައި މައިގަނޑު ދެ ރައުޔެއް ފާހަގަ ކުރެވޭ ކަމަށާއި އެއީ އެކަން ހުއްދަ ކަމަށް ބުނާ ރައުޔަކާއި ހުއްދަ ނޫން ކަމަށް ބުނާ ރައުޔެކެވެ.

އެ ދެ ރައުޔު ވެސް ބިނާވެފައި ވަނީ ދަލީލު ތަކުގެ މައްޗަށް ކަމަށް ބުނެފައިވެ އެވެ. އަދި މި މައްސަލަ ދިރާސާ ކުރައްވައި އިލްމުވެރިން ނެރުއްވައިފައިވާ ހުކުމްތައް ގުޅިފައިވަނީ އެބޭކަލުންގެ އިޖުތިހާދާކަމަަށް ފަތުވާ މަޖިލީހުން ބުންޏެވެ.

މިއީ އިޖުތިހާދީ މައްސަލައަކަށް ވާތީ އެ ދެ ރައުޔަކީ ވެސް އިލްމުވެރިން ގަބޫލު ކުރައްވާފައިވާ ދެ ރައުޔު ކަމަށް ފަތުވާ މަޖިލީހުން ބުންޏެވެ.

"ނަމަވެސް ހުއްދަ ކަމަށް ވިދާޅުވާ އިލްމުވެރިންގެ ދަލީލުތައް ބާރުގަދަކަމަށް ފާހަގަ ކުރެވިފައިވާތީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން ބުރަވަނީ އިސްތަށީގައި ކަޅުކުލަޖެއްސުން ހުއްދަ ކަމަށެވެ،" ފަތުވާ މަޖިލީހުން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.