މޯލްޑިވިއަނުން ޗައިނާގެ ޝެންޒެންއަށް ސީޒަނަލް ދަތުރުތަކެއް ފަށައިފި އެވެ.
މޯލްޑިވިއަނުން ޗައިނާގެ ޝެންޒެންއަށް ކުރި ފުރަތަމަ ފްލައިޓްގައި 146 ފަތުރުވެރިން ވަނީ އައިސްފައެވެ. މި ފްލައިޓުން ރާއްޖެ އައި ފަތުރުވެރިންނަށް ރަތް ފިނިފެންމަލުން ވަނީ މަރުހަބާ ކިޔައިފަ އެވެ.
ޗައިނާގެ ޝެންޒެންއަށް މޯލްޑިވިއަނުން ފެށި ސީޒަނަލް ދަތުރުތައް އަންނަ މަހުގެ 21 ވަނަ ދުވަހާއި ހަމައަށް ހަފްތާއަކު އެއް ދަތުރު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މޯލްޑިވިއަނުން ގެނައި ވައިޑް-ބޮޑީ ބޯޓާ އެކު މި އަހަރުގެ ކުރީކޮޅުން ފެށިގެން އަންނަނީ ޗައިނާގެ ތިން ސިޓީއަކަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އެއީ ޗެންޑޫ، ބެއިޖިން އަދި ޝެންހާއީ އެވެ.
ޗައިނާ އަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ވެސް އަންނަ ގައުމެވެ.