އައްޑޫ ސިޓީ ހުޅުމީދޫގައި މީހަކަށް ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.
ފުލުހުން ބުނީ ހުޅުމީދޫގައި ބަޔަކު މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލައެއް ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށާއި އަދި ސީރިއަސް އަނިޔާތަކެއް އެމީހާއަށް ވެފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ ކުރީގެ ފުލުހަކަށެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.