ޒަކާތު ފަންޑުން މިދިޔަ މަހު 104 މީހަކަށް އެހީވެއްޖެ އެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު އެހީގެ ގޮތުގައި ދިނުމަށް މިދިޔަ މަހަށް ކަނޑައަޅާފައި އޮތީ 1،758،351.00ރ. އެވެ.
އެހީގެ ގޮތުގައި މިދިޔަ މަހު 1،100،808 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫން މަހު ޒަކާތު ފަންޑުން އެހީ ދީފައި ވަނީ މައިގަނޑު ހަ ކަމަކަށެވެ. އެއީ ކެންސަރާއި ހިތުގެ ބަލިތަކާއި، ސިކުނޑީގެ ބަލިތަކާއި، ފުއްޕާމޭ އަދި ކިޑްނީގެ ބަލިތަކުގެ އިތުރުން ޓްރާންސްޕްލާންޓަށެވެ.
• ފުއްޕާމޭގެ ބަލިތަކަށް: 16،962 ރުފިޔާ
• ކެންސަރު: 245،949 ރުފިޔާ
• ހިތުގެ ބަލިތަކަށް: 21،202.50 ރުފިޔާ
• ޓްރާންސްޕްލާންޓް: 796،443 ރުފިޔާ
• ކިޑްނީގެ ބަލިތަކަށް: 38،164.50 ރުފިޔާ
• ސިކުނޑީގެ ބަލިތަކަށް: 46،645.50 ރުފިޔާ
އެހެނިހެން ބަލިތަކަށް މި ފަންޑުން 592،984.50 ރުފިޔާ ޚަރަދުކޮށްފައިވެ އެވެ.
ޒަކާތު ހައުސް އިން ބުނީ މޭ މަހު ކުރި ހަރަދުތަކުގެ ތެރޭގައި ކުރީގެ މަސްތަކުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުގެ ހަރަދުވެސް ހިމެނޭ ކަމަށެވެ.