Last Updated: July 16, 12:04
Wednesday, July 16, 2025
ކުޅިވަރު

ރެޑް ބުލް ރޭސިން ޓީމުން ހޯނާ ވަކިކޮށްފި

އެފް1 އާ ރެޑް ބުލް ގުޅުނު ފަހުން އެ ޓީމުގެ ޕްރިންސިލް/ސީއީއޯގެ މަގާމު އަދާކުރަމުން އައި ކްރިސްޓިއަން ހޯނާ މަގާމުން ވަކިކޮށްފި އެވެ.

ދެހާސް ފަހެއްގައި ރެޑް ބުލް ރޭސިމް ޓީމާ ގުޅިވަޑައިގަތް އިނގިރޭސިވިލާތަށް އުފަން 51 އަހަރުގެ ހޯނާ މަގާމުން ވަކިކޮށް ރެޑް ބުލް އިން ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި 20 އަހަރުގެ ތެރޭގައި ހޯނާ ވަރަށް ވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވައި ގިނަ ކާމިޔާބީތަކެއް ވެސް ހޯދައި ދީފައިވާ ކަމަށެވެ.

އެކަމަށްޓަކައި އޭނަގެ އަގު އަބަދު ވެސް ވަޒަން ކުރާނެ ކަމަށާއި ދިން ހިދުމަތްތަކަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރާ ކަމަށް ރެޑް ބުލް އިން ބުންޏެވެ.

ނަމަވެސް ރެޑް ބުލް ޓީމުން ހޯނާ ވަކިކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

އޭނަ މަގާމުން ވަކިކޮށް، ރެޑް ބުލް ރޭސިން ޓީމުގެ ޕްރިންސިޕަލަކަށް ލޯރެންޑް މެކީސް އައްޔަން ކުރަން ނިންމާފައިވާ ކަމަށް ރެޑް ބުލް އިން ބުންޏެވެ. އޭނަ އަކީ ރެޑް ބުލްގެ ސިސްޓާ ޓީމެއް ކަމަށްވާ ރޭސިން ބުލްގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.