Last Updated: July 12, 17:14
Saturday, July 12, 2025
ޚަބަރު

ޕީއެންސީގެ ޓީމެއް އައްޑޫގައި، އިސްކޮށް އިހްސާން

ވެރިކަން ކުރާ ޕާޓީ، ޕީއެންސީން މިހާރު އަތޮޅުތަކަށް ކުރަމުން އަންނަ ދަތުރުގެ ތެރެއިން އެ ޕާޓީގެ އިސް ބޭފުޅުންތަކެއްގެ ޓީމެއް އައްޑޫގައި ވެސް ހަރަކާތްތެރިވަމުން އެބަދެ އެވެ.

އެ ޓީމުގައި އެންމެ އިސްކޮށް ހުންނެވީ ފޭދު އަށް ނިސްބަތްވާ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނެވެ. އޭނަ އަކީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހީމްދީދީ (އައިބީ) ގެ ދަރިކަލެކެވެ.

ޕީއެންސީގެ ޓީމްގައި އިހްސާނާ އެކު ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން ވެސް ހިމެނިވަޑައިގަނެ އެވެ.

މި ޓީމު އަންނަނީ އައްޑޫގެ އެކި އަވަަށްތަކުގައި ތިބި ޕީއެންސީގެ މެންބަރުންނާ ބައްދަލުކޮށް، ޕާޓީގެ ހަރަކާތްތައް އިތުރުކޮށް ވަރުގަދަ ކުރުމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން މެންބަރުންގެ ހިޔާލާއި މަޝްވަރާ ވެސް ހޯދަމުންނެވެ.