ޖަމިއްޔާތަކަށް ދޭ "ސިވިލް ސޮސައިޓީ އެވޯޑް" އަށް ކުރިމަތިލާން ދިން މުއްދަތު ހަމަވާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.
އެވޯޑަށް ކުރިމަތިލާން ދިން ސުންގަޑި ހަމަވާނީ މިއަދު މެންދުރު ފަހު 1:00 އެވެ. މި އެވޯޑަށް ހުޅުވައިލީ މެއި މަހުގެ ތެރޭގަ އެވެ.
މި އެވޯޑަކީ ރަޖިސްޓަރީކޮށްގެން ހިންގާ މަދަނީ ޖަމިއްޔާ/ޖަމާއަތްތަކުން ރާއްޖޭގެ މުޖްތަމައު ބާރުވެރިކުރުމު ގެގޮތުން ހިލޭ ސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެ ޖަމިއިއްޔާތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިނުމަށް ކަނޑައަޅާފައިވާ އެވޯޑެކެވެ.
ޔޫތު މިނިސްޓްރީން ބުނީ މި އެވޯޑްގެ ސަބަބުން ޖަމިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަ ކުރެވޭނެ ކަމަށެވެ.
"ސިވިލް ސޮސައިޓީ އެވޯޑް" ލިބޭ މަދަނީ ޖަމިއްޔާތަކަށް ޓްރޮފީ އާއި ސެޓްފިކެޓް ލިބޭނެ އެވެ.
މި އެވޯޑަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.