އެމްޑީޕީން މާދަމާ ރޭ ކުޅުދުއްފުށީގައި ބާއްވަން ހަމަޖެހިފައިވާ ބޮޑު ޖަލްސާ އަށް އެ ޕާޓީގެ މެންބަރުން މިރޭ މާލެއިން ފުރަން ތައްޔާރުވެއްޖެ އެވެ.
ކުޅުދުއްފުށީގެ ބޯޓެއް ކަމަށްވާ "ބާދުޝާހް ބޯޓް" ފުރަން ހަމަޖެހިފައި ވަނީ މިރޭ 9:00 ގައި އެމްއެމްއޭ ކުރިމަތިންނެވެ.
ދަތުރުގެ ބައިވެރިން ދަތުރަށް ތައްޔާރުވުން އޮންނާނީ މެންދުރު ފަހު 3:00 ގައި އަންނަ ޖެޓީގަ އެވެ. އެހެންވެ ދަތުރުގައި ބައިވެރިވާ މާލޭގައި ތިބި އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ދައުވަތުދޭ ކަމަށް އެ ޕާޓީން ބުންޏެވެ.
ކުޅުދުއްފުށީގައި މާދަމާ ރޭ ބާއްވާ ބޮޑު ޖަލްސާ އަށް އެ ސިޓީ އަށް ޕާޓީގެ ލީޑަޝިޕްގެ އިސް ބޭފުޅުންގެ އިތުރުން ވަރަށް ގިނަ އަދަދެއްގެ މެންބަރުން މާލެއިން ދާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
މި ޖަލްސާ އަކީ އެ ޕާޓީ އަށް މިދިޔަ މަހު 20 އަހަރު ފުރިފައިވާތީ އެކަން ފާހަގަކުރަން މުޅި އަހަރަށް ބަހާލައިގެން ހިންގަން ރާވާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.