މާލޭގެ ޢަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އަންނަ އަހަރުގެ ނޮވެންބަރަށް ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިއްޔެ ވަނީ އެ ސްކޫލްގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް ބައްލަވާލައްވައިފަ އެވެ.
އޭނަ ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް އެ ސްކޫލް ވާނީ ވަރަށް ޒަމާނީ ސްކޫލަކަށް ކަމަށެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރަތުގެ ބިންގާ އެޅީ މިދިޔަ ނޮވެމްބަރު މަހު އެވެ. ދިހަ ބުރި އަށް 42 ކްލާސްރޫމް ހިމެނޭ ގޮތަށް ހަދާ އެ ސްކޫލް އިމާރާތް ކުރަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އިންނެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ހަދަނީ މާފަންނު ސްޓޭޑިއަމް ސްޓޭޑިއަމް ކައިރީގަ އެވެ.