Last Updated: July 16, 11:52
Wednesday, July 16, 2025

ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ އެންމެ ފަހުގެ ފިލްމު "'ސޮރީ" ގެ ޝޯތަކެއް އަވައްޓެރި ސްރީ ލަންކާގައި ދައްކަން ހަމަޖެހިއްޖެ އެވެ.

އެ ދެ ޝޯ ބާއްވަން ހަމަޖެހިފައި ވަނީ ސިޓީ ލައިޓް ސިނަމާގައި މާދަމާ ރެ އާއި ހޮނިހރު ދުވަހުގެ ރޭގަ އެވެ. "ސޮރީ" ލަންކާގައި ޕްރީމިއާކުރާ އިރު، ނަހުލާއ ާއި ފިލްމުގެ އެއް ބަތަލާ ކަމަށްވާ މަރިޔަމް އައްޒަ އެ ޝޯތަކަށް އެ ގައުމަށް ވަނީ ގޮސްފަ އެވެ.

ނަހުލާ ލިޔެ، ޑައިރެކްޓްކުރި ފިލްމުގެ ޝޯތައް އޮލިމްޕަހުގައި މިދިޔަ މަހުގެ 17 އިން ފެށިގެން ދައްކަމުން އަންނަ އިރު، އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވެސް އަންނަނީ ފިލްމު އަޅުވަމުންނެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭ "ސޮރީ" ގެ މައިގަނޑު ކާސްޓުންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ)، އައްޒަ އާއި އަހުމަދު އީސަ (އާނަންދު) އަދި ވާޝިޔާ މުހައްމަދެވެ. މި ތަރިންނާ އެކު ފިލްމުގެ ވަރަށް މުހިއްމު ރޯލުތަކަކުން ކުދަ ދެ އަންހެން ކުދިން ވެސް ފެންނާނެ އެވެ. އެއީ ނަހުލާގެ ހަގު ދަރިފުޅު ލާލި އާއި އޭނަގެ މާމަދަރިއެއް ކަމަށްވާ އެވްލީ އެވެ.

"ސޮރީ" ގެ ކާސްޓުން ޝީލާ ނަޖީބާއި ހުސައިން ސޮބާހާއި އަލީ ޝަމީލް، އައިމިނަތު ރަޝީދާ (އައިންތު) އަދި ކުރީގެ މަޝްހޫރު ބަތަލާ މަރިޔަމް ނިޝާ ވެސް ފެންނާނެ އެވެ.