Last Updated: July 12, 10:35
Saturday, July 12, 2025
ޚަބަރު

ކުރީގެ ރައީސް ސޯލިހް ހަނިމާދޫގައި

މާދަމާ ރޭ ކުޅުދުއްފުށީގައި ބާއްވާ ޖަލްސާ އަށް އެ ސިޓީ އަށް ފެއްޓެވި ދަތުރުގެ ތެރެއިން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ހދ. ހަނިމާދު އަށް ވަޑައިގެންފަ އެވެ.

އެ މަނިކުފާނު އެ ރަށަށް ވަޑައިގެންނެވީ ރޭގަ އެވެ. އަދި ހަނިމާދޫގެ އެމްޑީީގެ މެންބަރުން ހޫނު މަރުހަބާއެއް ވެސް ކިޔާފައިވެ އެވެ.

ސޯލިހު މިއަދު ވަނީ ހަނިމާދޫގައި ތިބި ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ތައްޔާރީތަކާ ގުޅޭ ގޮތުން މަޝްވަރާތަކެއް ވެސް ކުރައްވައިފަ އެވެ.

އެމްޑީޕީގެ ކުޅުދުއްފުށީ ބޮޑު ޖަލްސާ އޮންނާނީ މާދަމާ ރޭ އެ ސިޓީގެ ބަންޑާރަ މައިދާންގަ އެވެ. އެ ޖަލްސާ އަށް މާލެއިިން ދާ އެމްޑީޕީގެ މެންބަރުން ފުރަން ހަމަޖެހިފައި ވަނީ ކަނޑުމަގުން މި ރެ އެވެ. އެއީ ކުޅުދުއްފުށީ 'ބާދުޝާހު' ބޯޓްގަ އެވެ.