މީގެ ދެ އަހަރެއްހާ ދުވަސް ކުރިން 'އެކްސް' ގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވި ލިންޑާ ޔަކަރޯނީ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އޭނަ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އެކްސް" ގައި މަސައްކަތް ކުރައްވަން އޭގެ ވެރިޔާ، މަހުޖަނު އީލޮން މަސްކް ދެއްވި ފުރުސަތަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށާއި ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޕްލެޓްފޯމް ހަރުދަނާ ކުރަން ގިނަ މަސައްކަތްތަކެއް ވެސް ކުރެވިފައިވާ ކަމަށެވެ.
ނަމަވެސް އިސްތިއުފާ ދެއްވަން ނިންމެވި ސަބަބާ ބެހޭ ގޮތުން ލިންޑާ އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އޭނަގެ ޕޯސްޓާ ގުޅިގެން އިލޮން ވަނީ ކޮށް ދެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
After two incredible years, I’ve decided to step down as CEO of 𝕏.
When @elonmusk and I first spoke of his vision for X, I knew it would be the opportunity of a lifetime to carry out the extraordinary mission of this company. I’m immensely grateful to him for entrusting me…
— Linda Yaccarino (@lindayaX) July 9, 2025
ލިންޑާ އަކީ އީލޮން 2022 ގެ އޮކްޓޯބަރުގައި 44 ބިލިއަން ޑޮލަރަށް ޓްވިޓާ ބައްލަވައިގަތުމަށް ފަހު އެ ޕްލެޓްފޯމް، "އެކްސް" އަށް ރީބްރޭންޑްކުރުމާ އެކު ކުންފުނީގެ ސީއީއޯއަކަށް ހަމަޖެއްސި ފުރަތަމަ ބޭފުޅާ އެވެ. އެގޮތުން "އެކްސް" ގެ ސީއީއޯގެ މަގާމާ ލިންޑާ ހަވާލުވެވަޑައިގަތީ 2023 ގެ މެއި މަހުގެ ތެރޭގަ އެވެ.
އިޓަލީ ދަރިކޮޅުގެ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ލިންޑާ އަކީ ކުރިން އެންބީސީ ޔުނިވާސަލް އާއި ޓާނާ އެންޓަޓައިންމަންޓްގައި މަސައްކަތްކޮށްފައިވާ ބޭފުޅެކެވެ. ޕެން ޔުނިވަސިޓީން ތައުލީމު ހާސިލުކުރެއްވި ލިންޑާ އަކީ ކުރިން އެޕަލް ނިއުސް އާއި ޔޫޓިއުބާއި ސްނެޕްޗެޓާ ވެސް ވަރަށް ގާތް ގުޅުމެއް ބޭއްވި ބޭފުކެވެ.