ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކަރަންޓީނު ފެސިލިޓީއެއް ހަދައި ދޭނެ ބަޔަކު ހޯދަން ހުޅުވާލައިފި އެވެ.
މިއީ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ އެހީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއެކެވެ.
ފިނޭންސް މިނިސްޓްރީން ކުރ އިއުލާނެއްގައި ބުނީ ކަރަންޓް ފެސިލިޓީ ހަދައި ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 25 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ އަންނަ މަހުގެ 21 ގެ ނިޔަލަށް ރަޖިސްޓްރީވާ ފަރާތްތަކަށެވެ.