Last Updated: July 12, 11:59
Saturday, July 12, 2025
ޚަބަރު

ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ދިވެހިރާއްޖޭގަެ ހައިކޯޓު --

ހައިކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއިން ހުޅުވާލައިފިއެވެ.

ހައި ކޯޓުގެ ބެންޗުން ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަންކުރުމުންނެވެ. އެއީ ހުސައިން ޝަހީދާއި މުހައްމަދު ސަލީމް އެވެ.

މި މަގާމަށް ކުރިމަތި ލައްވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅުއްވާނީ މި މަހުގެ 16 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް އިންނެވެ.

ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އަސާސީ މުސާރައަށް މަހަކު 45،700ރ. އެވެ. ލިވިންގް އެލެވެންސެއްގެ ގޮތުން 18،000ރ. ދެ އެވެ. ރިސްކް އެލަވަންސަކަށް 3300ރ. ދެ އެވެ. އިތުރުން ފޯނު އެލަވެންސާއި މެޑިކަލް އިންޝުއަރެންސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ދެއެވެ.