ރާއްޖޭގެ އިގުތިސާދީ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރު ޤައުމެއްގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި އުޅަނދުގައި ފަސް މީހުން ތިބި ކަމަށާއި، މި އުޅަނދު މާލޭ ބަނދަރަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. ނަމަވެސް މިއީ ކޮން ގައުމެއްގެ އުޅަނދެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަންކޮށްގެން މީގެ ކުރިން ވެސް އަވައްޓެރި ބައެއް ގައުމުތަކުގެ ބޯޓްތައް އަތުލައިގެންފައިވެ އެވެ. އަދި މިފަދަ ބޯޓްތަައް ރާއްޖެ ސަރަހައްދުން ވަރަށް ގިނައިން ފެނެ އެވެ.