Last Updated: July 15, 09:59
Wednesday, July 15, 2026
ޚަބަރު

ހުޅުމާލޭގެ ގުދަނެއްގައި އަލިފާން ރޯވެއްޖެ

ހުޅުމާލެ ފޭސް އެކެއްގައި އިންޑަސްޓްރިއަލް ޒޯންގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ އެވެ.

ފުލުހުން ބުނީ އެތަނުގައި ރޯވުމާއި ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ރޯވެފައި ވަނީ ހުޅުމާލޭ ފޭސް 1ގައި ހުންނަ އެންސިސްގެ ގުދަނުގައި ކަމަށެވެ. މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 18:48 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.