Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ފަސްޓްލޭޑީ އައްޑު އަށް ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ރަސްނީ ދަތުރެއްފައި އައްޑު އަށް ވަޑައިގެންފި އެވެ.

އެކަމަނާ އައްޑު އަށް ވަޑައިގަތުމުން ގަން އެއާޕޯޓްގައި ޕިއެންސީގެ މެންބަރުން ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.

ސާޖިދާ އައްޑު އަށް ވަޑައިގެންނެވި އިރު، ޕީއެންސީން އަތޮޅުތަކަށް މިހާރު ކުރަމުން އަންނަ ދަތުރުގެ ތެރެއިން އެ ޕާޓީގެ އިސް ބޭފުޅުންގެ ޓީމެއް ވެސް އައްޑޫގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ފަސްޓްލޭޑީ އައްޑު އަށް ވަޑައިގެންނެވީ ފޭދޫ ސިއްހީ މަރުކަޒުގެ 43 އަހަރީ ދުވަސް ފާހަގަ ކުރަން ބާއްވާ ހާއްސަ ހަފުލާ ޝަރަފުވެރިކޮށް ދެއްވުމަށްޓަކަ އެވެ.