Last Updated: July 16, 11:22
Wednesday, July 16, 2025
ޚަބަރު

28 ކައުންސިލަކަށް އެސްޖީން ހޯދަނީ

އަށާވީސް ރަށެއްގެ ރަށު ކައުންސިލުގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނަރަލުން ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާންކޮށްފި އެވެ.

އެސްޖީން ހޯދާ ކައުންސިލްތަލަކީ ހއ. ތަކަންދޫ ކައުންސިލް، ހދ. ހިރިމަރަދޫ ކައުންސިލް، ހދ. ނޮޅިވަރަންފަރު ކައުންސިލް، ށ. ފޭދޫ ކައުންސިލް، ށ. ފީވަށް ކައުންސިލް، ނ. ހެނބަދޫ ކައުންސިލް، ނ. ވެލިދޫ ކައުންސިލް، ރ. ވާދޫ ކައުންސިލް، ރ. ރަސްމާދޫ ކައުންސިލް، ރ. މަޑުއްވަރީ ކައުންސިލް، ރ. އިންނަމާދޫ ކައުންސިލް، ބ. ފެހެންދޫ ކައުންސިލް، ބ. ހިތާދޫ ކައުންސިލް، އއ. ފެރިދޫ ކައުންސިލް، އއ. ތޮއްޑޫ ކައުންސިލް، އދ. ހަންޏާމީދޫ ކައުންސިލް، ވ. ކެޔޮދޫ ކައުންސިލް، ވ. ތިނަދޫ ކައުންސިލް، ވ. ރަކީދޫ ކައުންސިލް، ފ. ދަރަނބޫދޫ ކައުންސިލް، ދ. ރިނބުދޫ ކައުންސިލް، ތ. ގާދިއްފުށި ކައުންސިލް،
ތ. ތިމަރަފުށި ކައުންސިލް، ލ. ދަނބިދޫ ކައުންސިލް، ލ. މުންޑޫ ކައުންސިލް، ގއ. ކޮލަމާފުށި ކައުންސިލް އަދި ގއ. ދެއްވަދޫ ކައުންސިލެވެ.

މި ކައުންސިލްތަކަށް އެސްޖީން ހޯދަނީ ދެ ލެވެލްއަކަށެވެ. އޭގެ ތެރެއިން އެއް ލެވެލްގެ މުސާރަ އާއި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި މަހަކު 16،100ރ. އަދި އަނެއް ލެވެލްއަށް 15،285ރ. ގެ މުސާރަ އާއި އެގްޒެކްޓިވް އެލަވަންސް ލިބޭނެ އެވެ. އަދި ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް ވެސް ލިބޭނެ އެވެ.

އެސްޖީންގެ މަގާމުގެ މުއްދަތަކީ ފަސް އަހަރެވެ.

އެސްޖީން ހޯދަން އިއުލާންކޮށްފައިވާ ކައުންސިލްތަކުގެ އެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ މި މަހުގެ 21 އާ ހަމައަށެވެ. މަގާމުތަކަށް މީހުން ހޮވުމަށް ބޭއްވާ އިންޓަވިއު، އިމްތިހާނު އަދި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ މި މަހުގެ 22 އާއި އިން އަންނަ މަހުގެ 21 އާ ދެމެދު އެވެ.