Last Updated: July 15, 09:59
Wednesday, July 15, 2026
ޚަބަރު

އީޔޫ އާއި އިނގިރޭސިވިލާތުން މިފްކޯ ބްލެކްލިސްޓެއް ނުކުރޭ

މިނިސްޓަރު އަހުމަދު ޝިޔާމް- ފޮޓޯ: ރައީސް އޮފީސް

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިނގިރޭސިވިލާތުން މިފްކޯ ބްލެކްލިސްޓުކޮށްފައި ނުވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އޮންލައިން ނޫހެއްގައި ގެނެސްދިން ހަބަރަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ މިއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އީޔޫ އަދި އިނގިރޭސިވިލާތުން ވެސް މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާ ކަމަށެވެ. އަދި އަންނަ ހަފްތާގައިވެސް އިނގިރޭސިވިލާތުގެ ބޮޑު ވިޔަފާރިއަކުން މިފްކޯއާއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާއަކަށް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިކަމަކީ ދިވެހީންގެ ލޭނާރު ކަމަށާއި އަދި އެތައް އާއިލާއެއް ދިރިއުޅުން ބަރޯސާ ކުރަނީ މަސްވެރިކަމަށް ކަމަށެވެ.

އެހެންކަމުން މިފަދަ ސިނާޢަތެއްގައި މަސައްކަތްކުރާ އާއިލާތަކަށް އަދި މުޅި ޤައުމަށް ނިކަމެތިކަން އަންނާނެ ފަދަ ގޮތްގޮތަށް ރަޖިސްޓްރީކޮށްފައިވާ ނޫސްތަކުން ހަޤީގަތާ ޚިލާފް މިފަދަ މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ވަރަށް ޒިންމާދާރުކަންކުޑަ ޢަމަލެއް ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.