ކެނޯއެއްގައި މޫދަށް ނިކުމެ އުޅެނިކޮށް ގެއްލުނު ދިވެހި ޒުވާނާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހަވީރުގެ ވަގުތެއްގައި ރ. އަތޮޅުގައި ހިންގާ ރިސޯޓަކުން ކެނޯއެއްގައި ނިކުތް އެ ރިސޯޓުގެ ސްޓާފެއްގެ ހަބަރެއް ވެފައި ނުވާ މައްސަލައެއް މިރޭ 8:43 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ގެއްލިފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން މިރޭ ބުނީ އެ ޒުވާނާ ރ. ދުވާފަރަށް ގޮސްފައިވާ ކަމުގެ މައުލޫމާތު މިރޭ 22:30 ހާއިރު ލިބިފައިވާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.