ޗެލްސީ އަށް ކުޅެމުން އަންނަ އިންގްލެންޑްގެ ވިންގާ، ނޮނީ މަޑުއެކޭ އާސެނަލަށް ބަދަލުވުމާ ގާތަށް ގޮސްފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން މަޑުއޭކޭ ،23، އާސެނަލަށް ބަދަލުވަނީ 50 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަގެއްގައި ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މި ޓްރާންސްފާއާ ގުޅޭގޮތުން ޗެލްސީ އާއި އާސެނަލް އެއްބަސްވުމަކާ ހަމައަށް އައުމާ ގާތްވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
މަޑުއޭކޭ ޗެލްސީއާ ގުޅުނީ 2023 ގެ ޖެނުއަރީގައި ނެދަލޭންޑްސްގެ ޕީއެސްވީންނެވެ. ޗެލްސީއަށް ކުޅެދިން 92 މެޗުގައި މަޑުއޭކޭ ވަނީ 20 ގޯލު ކާމިޔާބުކޮށްފަ އެވެ.
މި ޓްރާންސްފާ މާކެޓުގައި އާސެނަލުން މިހާރުވެސް ވަނީ ތިން ކުޅުންތެރިއަކު ގެނެސްފަ އެވެ. އެއީ ރެއާލް ސޮސިއެޑާޑަށް ކުޅެމުން އައި ސްޕެއިންގެ މިޑްފީލްޑަރު މާޓިން ޒުބިމެންޑީ އާއި ބްރެންޓްފޯޑަށް ކުޅެމުން އައި މިޑްފީލްޑަރު ކްރިސްޓިއަން ނޯގާޑްގެ އިތުރުން ޗެލްސީ އަށް ކުޅެމުން އައި ސްޕެއިންގެ ގޯލްކީޕަރު ކެޕާ އެވެ.
މީގެއިތުރުން އާސެނަލުން އަންނަނީ ސްޕޯޓިން ލިޒްބަންގެ ފޯވާޑް ވިކްޓާ ގްޔޯކެރެސް ގެނައުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.