Last Updated: July 16, 05:50
Wednesday, July 16, 2025
ޚަބަރު

ފިޝަރީޒް ކޮލެޖްގެ ކޯސްތަކަކަށް ހުޅުވާލައިފި

މަސްވެރިކަމުގެ ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސް އިން އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަށުން ހިންގަމުން ފިޝަރީޒް ކޮލެޖުން އަންނަ މަހު ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ އެ މަހުގެ 5 އަށެވެ.

އެ ކޯސްތަކުގެ ތެރޭގައި ހަ މަސް ދުވަހުގެ ދެ ކޯހެއް ހިމެނެ އެވެ. އޭގެތެރޭގައި ހިމެނެނީ ނޭޝަނަލް ސެޓްފިކެޓް 3 އިން ފިޝިން ގައިޑިން އަދި ނޭޝަނަލް ސެޓްފިކެޓް 1 އިން ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް އެވެ.

މީގެތެރެއިން ނޭޝަނަލް ސެޓްފިކެޓް 3 އިން ފިޝިން ގައިޑިން ކޯސް ކުރިއަށް ދާނީ އެމްއެންޔޫ ތިނަދޫ އަދި ކުޅުދުއްފުށީ ކެމްޕަހުގައެވެ. އަދި ނޭޝަނަލް ސެޓްފިކެޓް 1 އިން ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް ކޯސް ކުރިއަށްދާނީ އެމްއެންޔޫ މާލެ ކެމްޕަހުގަ އެވެ.

ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ ކިޔެވުން ފެށީ މިދިޔަ އަހަރުގެ އޮގަސްޓުގަ އެވެ.

ފިޝަރީޒް ކޮލެޖަކީ ސަރުކާރުން މަސްވެރިކަން ޒަމާނީ ކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން މަސްވެރިކަމުގެ ދާއިރާއަށް ޢިލްމީ، ފަންނީ އަދި ހުނަރުވެރި ޒުވާނުން އުފެއްދުމުގެ މަގުސަދުގައި އުފެއްދި ތަނެކެވެ.

އެ ކޮލެޖުގެ ކޯސްތަކުގައި ދަރިވަރުންނަށް މަސްވެރިކަމުގެ ދާއިރާގެ އެންމެ ޒަމާނީ ހޯދުންތަކާއި، ކަނޑުގެ ދިރުންތަކާއި، ތިމާވެށީގެ ދިރާސާތަކާ ބެހޭ މަޢުލޫމާތު ދެވެއެވެ. އަދި މަސްވެރިކަމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކަންކަން އުންގަންނަ އިދިނުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެ އެވެ.