މާލޭގެ އެންމެ ބޮޑު އާންމު މައިދާން ކަމަށްވާ ޖުމްޖޫރީ މައިދާން ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
އެތަން ވަގުތީ ގޮތުން ބަންދުކުރީ މި އަހަރުގެ މިނިވަން ދުވަހަށް ބާއްވާ ހަރަކާތްތަތަކަށް އެތަން ޒީނަތްތެރި ކުރުމަށާއި ކުރަން ހުރި އެކި ކަހަލަ މަރާމާތުގެ މަސައްކަތްތައް ކުރުމުގެ ގޮތުންނެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ޖުމްހޫރީ މައިދާން ވަގުތީ ގޮތުން އާންމުންނަށް ބަންދުކުރީ އިއްޔެ އިން ފެށިގެން މި މަހުގެ 25 އާ ހަމައަށް ކަމަށެވެ.
މި މަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ކުލަގަގަދަކޮށް ފާހަގަކުރަން ހަމަޖެހިފައިވެ އެވެ.