Last Updated: July 16, 11:22
Wednesday, July 16, 2025
މުނިފޫހިފިލުވުން

ބީބާގެ 7 ވަނަ އަލްބަމް ނެރެފި

ކެނެޑާ އަށް އުފަން މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އާ އަލްބަމް "ސްވެގް" މިއަދު ނެރެފި އެވެ.

އޭނަގެ އާ އަލްބަމަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދަނިކޮށް، ކުރިން އުންމީދު ކުރި ވަރަށް މާ އަވަހަށް އަލްބަމް ނެރުމާ ގުޅިގެން މިކަން މީޑިއާތަކުން ސިފަކޮށްފައި ވަނީ ބީބާ ފޭނުންނަށް ދިން "ވަރަށް ބޮޑު ސަޕްރައިޒެއް" ގެ ގޮތުގަ އެވެ.

ޑެފް ޖޭމް ރެކޯޑިންސްގެ ލޭބަލްގައި ނެރުނު "ސްވެގް" ގައި ޖުމްލަ 21 ލަވަ ހިމެނޭ އިރު، އެކިއެކި ފަންނާނުން ބައެއް ލަވަތަކުގައި ބީބާއާ އެކު ހިއްސާ ވެސް ވެފައިވެ އެވެ. އޭގެ ތެރޭގައި ސެކްސީ ރެޑާއި ކޭޝް ކޮބައިން އާއި ލިލް ބީ އާއި ޑިޖޯން އާއި އެޑީ ބެންޖަމިން އަދި މާވިން ވިިނަންސް ހިމެނެ އެވެ.

"ސްވެގް" އަކީ ބީބާ 7 ވަނަ ސްޓޫޑިއޯ އަލްބަމެވެ.

އޭނަ އެންމެ ފަހުން ނެރުނު އަލްބަކީ 2021 ގެ "ޖަސްޓިސް" އެވެ. ބީބާގެ އެހެން އަލްބަމްތަކަކީ ޗޭންޖެސް (2020)، ޕާޕޯސް (2015)، ބިލީވް (2012)، އަންޑާ ދަ މިސްލްޓޫ (2011) އަދި މައި ވޯލްޑް 2.0 (2010) އެވެ.