Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ޑރ. މުސްތަފާ އަވަހާރަވުމުން ރައީސްގެ ތައުޒިޔާ

ސިއްހީ ގިނަ ދިރާސާތަކެއް ހައްދަވާފައިވާ، ބަޔޯމެޑިކަލް ރިސާޗް ސައިންޓިސްޓް ޑރ. އިބްރާހީމް މުސްތަފާ އަވަހާރަވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ހުޅުދުއަށް ނިސްބަތްވާ, އުމުރުން 57 އަހަރުގެ ޑރ. އިބްރާހީމް މުސްތަފާ ރޭ އަވަހާރަވީ, އިންޑިއާގެ ކޮޗިންގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށެވެ.

ޑރ. މުސްތަފާ ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ތަޢުލީމީ ގޮތުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 2012 ވަނަ އަހަރު ހާސިލުކުރައްވައިފައިވާ، އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި ދިރާސާތައް ކުރެއްވުމުގައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުގައި ވެސް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ޑރ. މުޞްޠަފާ އަވަހާރަވުމުގެ ހިތާމައިގައި، މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.

ޑރ. އިބްރާހީމް މުސްތަފާ ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލޮމްބިއާ އިން ޕީއެޗްޑީ ހެއްދެވީ ޕެތޮލޮޖީ އެންޑް ލެބޯޓްރީ މެޑިސިންގެ ދާއިރާއިންނެވެ. އެގޮތުން ތެލެސީމިއާ ބައްޔާ ގުޅޭ އެކި ކަންކަމުގައި ޑރ. މުސްތަފާ ވަނީ ވަރަށް ގިނަ ދިރާސާތަކެއް ހައްދަވާފަ އެވެ.