އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މި ހަފްތާގައި ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމި ޖަލްސާ ކެންސަލްކޮށްފި އެވެ.
އެމްޑީޕީން ބުނީ މޫސުން ތަންނުދޭތީ މި ހަފްތާގައި ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ނުބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ކުޅުދުއްފުށީޣައި ޖަލްސާ ބާއްވާނެ ތާރީހަކާއި ދަތުރު ކުރާނެ ދުވަސް ފަހުން ހާމަކުރާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.
އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ޖަލްސާތަކެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ހާއްސަ ދުވުމެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ކަނޑު ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.