Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މިދިޔަ މަހު މުދަލު ޒަކާތަށް 10.6 މިލިއަން ރުފިޔާ

ޒަކާތަށް ހޭލުންތެރި ކުރުމުގެ ސެޝަނެއްގެ ތެރެއިން. ފޮޓޯ/ ޒަކާތު ހައުސް

މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި 10 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މީރާ އިން ބުނެފި އެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މީރާ) ގެ މިދިޔަ މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެގޮތުގައި 10.6 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މއެ އަދަދަކީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 4.3 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 145 ޕަސެންޓްގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތައް ދައްކާގޮ ތުން އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެގޮތުގައި ވަނީ 61.5 މިލިޔަން ރުފިޔާ ލިބިފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 50.8 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 21 ޕަސެންޓްގެ އިތުރުވުމެކެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް ދީނީ ވާޖިބެކެވެ. މިހާރު މުދަލު ޒަކާތްުގެ ނިސާބަކީ 9264.15ރ. އެވެ.