Last Updated: July 19, 11:46
Saturday, July 19, 2025
މުނިފޫހިފިލުވުން

'ދަޅަކް 2' ގެ ޓްރެއިލާ ދައްކާލައިފި

އަންނަ މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ބޮލީވުޑްގެ ފިލްމު 'ދަޅަކް 2' ގެ ޓްރެއިލާ މިއަދު އާންމުކޮށްފި އެވެ.

އަލަށް ސްކްރީނަށް ގެންނަ ޖޯޑެއް ފެނިގެން ދާނެ މި އަސަރު ގަދަ ލޯބީގެ ފިލްމުގެ ތަރިންނަކީ ކުރިއަރަމުން އަންނަ ޒުވާން ދެ ތަރިން ކަމަށްވާ ޓްރިޕްތީ ދިމްރީ އާއި ސިދާންތު ޗަތުރަވެދީ އެވެ.

އަންނަ މަހުގެ 1 ގައި ބެލުންތެރިންނަށް ދޫކޮށްލާ 'ދަޅަކް 2' އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ޝާޒިއާ އިގްބާލް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ދަރުމާ އިން ކުރިން "ދަޅަކް" ގެ ނަމުގައި ވެސް ފިލްމެއް ގެނެސްދީފައިވެ އެވެ. އެއީ ޖާންވީ ކަޕޫރާއި އިޝާން ޚައްތަރު ބޮލީވުޑަށް ތައާރަފުކުރި 2018 ގެ ފިލްމެވެ. ނަމަވެސް ޝިޝާންކް ކައިތާން ޑައިރެކްޓްކުރި އެ ފިލްމާއި "ދަޅަކް 2" އާ އެއްވެސް ގުޅުމެއް ނެތެވެ.