ދިރޭތަކެތި ހިމާޔަތްކުރުމުގެ ދާއިރާއަށް ހާއްސަކޮށްގެން ކުރިއަށް ގެންދިިޔަ ފުރަތަމަ ރޭންޖާސް ތަމްރީނު ކޯސް ފުރިހަމަކުރި ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.
މި ކޯހަކީ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އިން ހިންގި، އަދި 'އެންދެރި' ޕްރޮޖެކްޓުން ފަންޑުކުރި ކޯހެކެވެ.
ކޯސް ނިންމައިިލުމުގެ ރަސްމިއްޔާތު އިއްޔެ ބޭއްވީ އެމްއެންޔޫގެ ލ. ގަން ކެމްޕަހުގަ އެވެ.
އެ ރަސްމިއްޔާތުގައި ރޭންކާސް ކޯސް ފުރިހަމަކުރި17 ދަސްވެނިންނަށް ސެޓްފިކެޓް ދީފައިވާ އިރު، އޭގެ ތެރޭގައި ލ. އަތޮޅުން ސްކޮލަޝިޕް ލިބިގެން ކޯސް ފުރިހަމަކުރި 10 ދަރިވަރުންނާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރައްކާތެރިކުރެވިފައިވާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ 7 ރޭންޖަރުން ހިމެނެ އެވެ.
ރަސްމިއްޔާތުގައި ފިޝަރީޒް ކޮލެޖްގެ ޑީން ޑރ. އަހުމަދު ރިޔާޒު ޖައުހަރީ އާއި އެންވަޔަރަމަަންޓް މިނިސްޓްރީގެ ނައިބު ހައްސާން މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.