މާލޭގެ ސަލްމާން މިސްކިތުގައި ގާއިމުކޮށްފައިވާ އިސްލާމިކް ލައިބްރަރީ ހުޅުވުމުގެ ރަސްމިއްޔާތު މިރޭ ބާއްވަން ނިންމައިފި އެވެ.
އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ވެ ނިމިފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދ ޝަހީމު އަލީ ސައީދު ވިދާޅުވީ ސަލްމާން މިސްކިތުގެ އިސްލާމިކް ލައިބްރަރީ މިރޭ ހުޅުވާ އިރު، އެތަންވެގެން ދާނީ އިސްލާމީ ދިރާސާކުރާ ފަރާތްތަކަށް ވަރަށް ހިތްގައިމު މާހައުލަކަށް ކަމަށެވެ.
މި ލައިބްރަރީ ހުޅުވާ އިރު، އެތަނުގައި 15،000 އަށް ވުރެ ގިނަ ފޮތް ހުންނާނެ އެވެ.
ސަލްމާން މިސްކިތުގެ އިސްލާމިކް ލައިބްރަރީ މިރޭ އިރު، ރާއްޖޭގެ އެހެން އިސްލާމީ މަރުކަޒުތަކާއި އެހެން ބައެއް ރަށްރަށުގައި ގާއިމު ކުރަން ނިންމާފައިވާ އިސްލާމިކް ލައިބްރަރީތަކަށް ބޭނުންވާ ފޮތް އެކުވެރި ގައުމެއްގެ ޔުނިވަސިޓީއަކުން ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ދާދި ފަހުން މިނިސްޓަރު ވިދާޅުވި އެވެ. ގެ ތެރޭގައި ތިނަދު އާއި ރ. އުނގޫފާރުގައި ގާއިމުކޮށްފައިވާ އިސްލާމީ މަރުކަޒާއި މިހާރު ހދ. ދިއްދު އާއި އައްޑޫ ހިތަދޫގައި ގާއިމު ކުރަމުން އަންނަ އިސްލާމީ މަރުކަޒު ހިމެނެ އެވެ.
ޝަހީމު ވިދާޅުވީ އެތަންތަނަށް 60،000 ފޮތް ބޭރުގެ ޔުނިވަސިޓީއަކުން ހަދިޔާ ކުރާނެ ކަމަށެވެ.