Last Updated: July 16, 13:55
Wednesday, July 16, 2025
މުނިފޫހިފިލުވުން

'ކިޔު ކީ ސާސް ބީ 2' ވަރަށް ކުރުވާނެ!

ސްޓާ ޕްލަސް އިން "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" ގެ ދެވަނަ ސީޒަން ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، މި ސީޒަން ގެނެސްދޭނީ ވަރަށް ކުރުކޮށް ކަމަށް ރިޕޯޓްތައް ކަމަށް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އެކްތާ ކަޕޫރްގެ ބާލާޖީން ގެނެސްދޭ ސިލްސިލާ ދެމިގެން ދާނީ ގާތްގަނޑަކަށް 10-20 ވަރަކަށް އެޕިސޯޑަށް ކަމަށެވެ. މި މަހުގެ 29 ވަނަ ދުވަހުގެ ރޭ "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ 2" ގެ އެޕިސޯޑްތައް ބެލުންްތެރިންނަށް ގެނެސްދޭނީ ރާއްޖެ ގަޑިން 10:00 ގަ އެވެ.

އާ ސީޒަންގެ މައިގަނޑު ތަރިއަކީ ފުރަތަމަ ސީޒަންގެ މައިގަނޑު ބަތަލާ އަދި ތުލްސީ ވިރާނީގެ ރޯލު ކުޅުނު ސުމިރްތީ އިރާނީއާ އެވެ. އޭނައާ އެކު އާ ސީޒަނުން ވެސް ކުރީގެ ބައެއް ކާސްޓުންނާއި އާ ކާސްޓުންތަކެއް ވެސް ފެންނާނެ އެވެ.

އެކަމަކު "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ 2" އާ ބެހޭ ތަފުސީލެއް ބާލާޖީން ހަމަނުކުރާތީ އާ ސީޒަނާ ގުޅޭ މާ ބޮޑު ތަފުސީލެއް ނެތެވެ.

މީގެ ފުރަތަމަ ސީޒަނަކީސްޓާ ޕްލަސް އިން ޖުލައި 3، 2000 އިން ފެށިގެން ނޮވެމްބަރު 6، 2008 އާ ހަމައަށް ގެނެސްދިން ސިލްސިލާއެކެވެ. އެ މުއްދަތުގެ ތެރޭގައި އޭގެ 1،833 އެޕިސޯޑް ގެނެސްދީފައިވެ އެވެ.