Last Updated: June 7, 17:32
Sunday, June 7, 2026
ޚަބަރު

ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ފެނިއްޖެ

ގދ. ގައްދޫން ޑިންގީއެއްގައި ކަނޑަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަޒަކަރިއްޔާ މުޙައްމަދު, ދަތުރުކުރި ޑިންގީ ކަނޑުގެ 10 މީޓަރު އަޑިން ފެނިއްޖެ އެވެ.

އެމްއެންޑީއެފުން މިއަދި ބުނީ 79 އަހަރުގެ ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި މިއަދު ހެނދުނު ދެވަނަ ޑައިވެއް ކުރި ކަމަށާއި އެ ޑައިވްގައި ގައްދުއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން ޑިންގީ ފެނިފައިވާ ކަމަށެވެ.

ނަމަވެސް ޒަކަރިއްޔާ ފެނިފައެއް ނުވެ އެވެ.

އޭނަ ހޯދަން ޑައިވްކޮށްފައި ވަނީ ސިފައިންނާއި ފުލުހުން ގުޅިގެންނެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ ޒަކަރިއްޔާ ގައްދޫން ފުރީ ބުރާސްފަތި ދުވަހު ހެނދުނު 09:30 ހާއިރު ކަމަށާއި، އޭނަގެ ހިލަމެއް ނުވެގެން ފުލުހަށް އެ ކަމުގެ ރިޕޯޓު ލިބުުނީ އެ ދުވަހު ހަވީރު 5:05 ގައި ކަމަށެވެ.