Last Updated: July 12, 16:11
Saturday, July 12, 2025
ޚަބަރު

ބެލްޖިއަމްގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށްފި

ބެލްޖިއަމްގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ އިވެންޓެއް ބާއްވައިފި އެވެ.

އެ ގައިމުގައި ހުންނަ ބެލްޖިއަމްގައި ދިވެހި އެމްބަސީން 'ދަ އެންޗާންޓިންގް ޓްރިއޯ' ނަމުގައި އެ އިވެންޓް ބޭއްވީ ބެލްޖިއަމްގައި ހުންނަ ބޫޓާނާއި ސްރީ ލަންކާ އެމްބަސީ އާ ގުޅިގެން 'ދެ ވަރަންޑޭ' ކުލަބުގަ އެވެ.

ރާއްޖެއިން ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު،ލާ ޤީލާ އަލީ އެ އިވެންޓުގައި ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ސިނާޢަތުގައި ޔޫރަޕުގެ އިއްތިހާދުގެ ގައުމުތަކުގެ ހިއްސާ އަކީ މިހާރު 59 ޕަސެންޓް ކަމަށެވެ. އޭނަ ވިދާޅުވީ މި އަހަރު ރާއްޖެ އަށް 2.3 މިލިއަން ޓޫރިސްޓުން ގެންނަން ހިފާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި ޔޫރަޕުގެ ގައުމުތަކުން ރާއްޖޭގެ ޓޫރިޒަމަށް ބަހައްޓަވާ ޝައުގުވެރިކަން އަދިވެސް އިތުރުކޮށް ދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

ގީލާ ވިދާޅުވީ ރާއްޖޭގެ ރާއްޖޭހެ ދާއިރާއަށް ޝައުގުވެރިވާ އިންވެސްޓަރުންނަށް ގިނަ ފުރުސަތުތަކެއް ވެސް ހުރި ކަމަށާއި އެ ފުރުސަތުގެ ބޭނުން ވެސް ހިފަން އެދިވަޑައިގަންނަވާ ކަމަށެވެ.

އިވެންޓުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވި، ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަ މިސް ޕައޯލާ ޕަމްޕަލޯނީ، އިވެންޓުގައި ބައިވެރިވެފައިވާ ތިން އެމްބަސީއަށް މަރުހަބާ ވިދާޅުވެފަ ވއެވެ. އަދި އީޔޫގެ ފަރާތުން، ބޫޓާން، ހިރާއްޖެ އަދި ލަންކާގެ ޓޫރިޒަން ދާއިރާ އިތުރަށް ހަރުދަނާކޮށް ޕްރޮމޯޓުކުރުމުގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ..

ރާއްޖެ ޕްރޮމޯޓް ކުރަން ބޭއްވި އިވެންޓުގައި ބެލްޖިއަމް ފޮރިން މިނިސްޓްރީ އާއި ޔޫރަޕިއަން އީޔޫ އާއި ބެލްޖިއަމްގައި ގާއިމުކޮށްފައިވާ ސަފީރުތަކުގެ އިތުރުން ބެލްޖިއަމްގެ ޓުއަރ އޮޕަރޭޓަރުން ބައިވެރިވެފައިވެ އެވެ. އަދި މި އިވެންޓުގައި ނެގި 'ރެފްލް ޑްރޯ' އިން ހޮވުނު ފަރާތްތަކުގެ ތެރެއިން ފްރަންސުއާ މެސަން އަށް ރާއްޖޭގެ ހޮލިޑޭ ހޯމް ގެސްޓް ހައުސް، ދިއްފުށި، ގައި 5 ރޭ ހޭދަކުރުމުގެ ފުރުސަތު ދީފައިވެ އެވެ.