Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ޑައިވިން އަށް ފޭބި ޓޫރިސްޓަކު މަރުވެއްޖެ

ޑައިވްކުރަން ފޭބި އެމެރިކާގެ ޓޫރިސްޓަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އދ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ފުއްޓަރު ފަރާތު ބޭރަށް ފީނަން ފޭބި މީހާ މަރުވި މައްސަލައެއް މި މަހުގެ 6 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ. މަރުވެފައި ވަނީ އެ 47 އަހަރުގެ ފިރިހެން ޓޫރިސްޓެކެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.

މީގެ ކުރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައިސްފައިވާ ޓޫރިސްޓުން މިފަދަ ގޮތްގޮތަށް މަރުވެފައިވެ އެވެ.

ރާއްޖެ އަށް ޗުއްޓީ އަށް އައި އެމެރިކާގެ ޓޫރިސްޓަކު މަރުވި އިރު، އެ ގައުމު މިހާރު އޮތީ ރާއްޖެ އެންމެ ގިނަ ޓޫރިސްޓން އަންނަ 1 ގައުމުގެ ލިސްޓްގެ 7 ވަނައިގަ އެވެ.