Last Updated: July 16, 05:50
Wednesday, July 16, 2025
ޚަބަރު

ސިވިލް ސޮސައިޓީ އެވޯޑަށް މުއްދަތު އިތުރުކޮށްފި

ޖަމިއްޔާތަކަށް ދޭ "ސިވިލް ސޮސައިޓީ އެވޯޑް" އަށް ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްފި އެވެ.

ޔޫތް މިނިސްޓްރީން ބުނީ މި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި އެވޯޑަކީ ރަޖިސްޓަރީކޮށްގެން ހިންގާ މަދަނީ ޖަމިއްޔާ/ޖަމާއަތްތަކުން ރާއްޖޭގެ މުޖްތަމައު ބާރުވެރިކުރުމު ގެގޮތުން ހިލޭ ސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެ ޖަމިއިއްޔާތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިނުމަށް ކަނޑައަޅާފައިވާ އެވޯޑެކެވެ.

ޔޫތު މިނިސްޓްރީން ބުނީ މި އެވޯޑްގެ ސަބަބުން ޖަމިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަ ކުރެވޭނެ ކަމަށެވެ.

"ސިވިލް ސޮސައިޓީ އެވޯޑް" ލިބޭ މަދަނީ ޖަމިއްޔާތަކަށް ޓްރޮފީ އާއި ސެޓްފިކެޓް ލިބޭނެ އެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.