Last Updated: July 16, 05:50
Wednesday, July 16, 2025
ޚަބަރު

ވައިގެ މަގުން ގަހާއި ޖަނަވާރު އެތެރެކުރުން ހަރުދަނާކުރަން އެއްބަސްވުމެއް

ވައިގެ މަގުން ގަހާއި ޖަނަވާރު އެތެރެކުރުމުގެ ކަންތައް ހަރުދަނާކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އެއާޕޯޓުގައި ހިދުމަތް ދޭ ސަރުކާރުގެ އެހެން އިދާރާތަކާއި ކުންފުނިތަކާއެކު އެކުލަވާލާ އެއްބސްވުންތަކުގެ ތެރެއިން ވެވުނު ފުރަތަމަ އެއްބަސްވުމެވެ.

އެމްއޭސީއެލްއިން ބުނީ މި އެއްބަސްވުމުގެ ދަށުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް ގެންނަ ޖަނަވާރާއި ގަސްގަހާގެހީގެ ކާގޯ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރެވި، އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

އެމްއޭސީއެލްގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން، އެއަރޕޯޓުގެ މަސައްކަތްތައް އިތުރަށް ހަލުވިވެ، ފަސޭހަވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމަށް ތައްޔާރީތައް ވަމުން އަންނަ އިރު ޓާމިނަލް ހުޅުވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.