Last Updated: July 14, 13:49
Wednesday, July 15, 2026
ޚަބަރު

ސިންގަޕޫރާ ގުޅިގެން ފުލުހުންގެ ގާބިލުކަން އިތުރުކުރަނީ

ދިވެހި ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ސިންގަޕޫރާއެކު މަޝްވަރާ ކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ދެ އޮފިސަރަކު ސިންގަޕޫރުގެ ހޯމް ޓީމް އެކަޑަމީގައި ސީނިއާ އޮފިސަރ ބޭސިކް ކޯސް ފުރިހަމަކުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ބައިވެރިވެވަޑައިގެން ސިންގަޕޫރުގެ ކޮމިޝަނާ އޮފް ޕޮލިސްއާ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ކުރިއަށް އޮތްތަނުގައި ދެ ގައުމު ގުޅިގެން ދިވެހި ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްގެންދިއުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. އެ ދަތުރުފުޅުގައި ތަފާތު އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.