Last Updated: July 16, 12:04
Wednesday, July 16, 2025
މުނިފޫހިފިލުވުން

'ވައްކަންކޮށްގެން' އަބްދުލް ހައްޔަރުކޮށްފި!

އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ 'ބިގް ބޮސް' ގެ 16 ވަނަ ސީޒަންގައި ވާދަކޮށްގެން ބޮޑު މަޝްހޫރު ކަމެއް ލިބުނު ތަޖިކިސްތާންގެ ލަވަތަކިޔުންތެރިޔާ އަދި ސޯޝަލް މީޑިއާ އިންފުލުއެންސާ އަބްދުލް ރޮޒިކް ވައްކަމުގެ ތުހުމަތުގައި ދުބާއީން ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން ބުނީ އޭނަ ހައްޔަރުކުރީ މޮންޓެނީގްރޯ އިން ދުބާއީ އަށް ދިޔަ ތަނުން އެއާޕޯޓުން އިއްޔެ ރޭ ފަތިހު ކަމަށެވެ. އަބްދުލް ހައްޔަރުކުރިކަން އޭނަ މެނޭޖްކޮށްދޭ ކުންފުނިން ބައެއް މީޑުއާތަކަށް ކަށަވަރުކޮށް ދިން ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.

އަދި މިކަމާ ގުޅިގެން ޔޫއީއޭގެ ފުލުހުން ވެސް ރަސްމީކޮށް އެެއްޗެއް ނުބުނެ އެވެ.

އެހެންވެ އަބްދުލް ހައްޔަރުކުރީ ކޮން ތާކުން، ކޮން އިރަކު ކުރި ވައްކަމުގެ ތުހުމަތެއްގައި ކަމެއް ސާފެއް ނުވެ އެވެ. މިދިޔަ ތެރޭގައި ދުބާއީގެ މީހަކާ އެންގޭޖް ވެސް ވި އަބްދުލް އަކީ ޔޫއޭއީގައި ދިރިއުޅެމުން އަންނަ މީހެކެވެ.

އިސްކޮޅުން ވަރަށް ކުރު ސެލެބްރިޓީއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ 21 އަހަރުގެ އަބްދުލް ކަލާސް ޓީވީ އަށް ސަލްމާން ޚާން ހޯސްޓްކޮށްދޭ 'ބިގް ބޮސް' ސީޒަން 16 ގައި އިތުރުން އެ ޗެނެލްގެ 'ހަތުރޯން ކޭ ކިލާޅީ' ގެ ސީޒަން 13 ގެ އިތުރުން 'ލާފްޓާ ޝެފްސް: އަންލިމިޓެޑް އެންޓަޓައިންމަންޓް' ގައި ވެސް ވާދަކޮށްފައިވެ އެވެ.