Last Updated: July 15, 06:03
Tuesday, July 15, 2025
ޚަބަރު

'ޝީޝާ އަތޮޅުތެރެއަށް' ފުރަތަމަ އެޑިޝަން އއ. އަތޮޅަށް

ރާއްޖޭގައި ހޮންޑާ ބްރޭންޑްގެ ސައިކަލުތައް އެތެރެކޮށް ވިއްކަމުން އަންނަ ޝީޝާ އިން "ޝީޝާ އިން އަތޮޅު ތެރެއަށް" ގެ ނަމުގައި އަތޮޅުތެރެއަށް ފަށާ ފުރަތަމަ ކެމްޕޭން ދަތުރު އއ. އަތޮޅުގެ ތިން ރަށަކަށް ފަށަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ މިއީ އެންމެ ފުރިހަމަ އަދި އިތުބާރު ކުރެވޭ ސައިކަލު ސޮލިއުޝަންތައް ނުލިބޭ ރަށްތަކާއި ސީދާ ގުޅުން ބަދަހިކުރުމުގެ މަގިސަދުގައި ޝީޝާއިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އެގޮތުން މީގެ ސަބަބުން ޝީޝާ އިން ފޯރުކޮށްދޭ މައިގަނޑު ތިން ހިދުމަތް ގާތުން ކަސްޓަމަރުންނަށް ލިބިގެން ދާނެ އެވެ. އޭގެ ތެރޭގައި ސޭލްސް، ސަރވިސް، އަދި ސްޕެއާ ޕާޓްސްގެ ހިދުމަތް ހިމެނެ އެވެ.

"ޝީޝާ އިން އަތޮޅު ތެރެއަށް" ރާވާފައިވާ ގޮތަށް ބަލާ އިރު މި މަހުގެ 17 އާއި 18 ގައި ހަރަކާތްތެރި ވަނީ އުކުޅަހުގަ އެވެ. އަދި 19 ގައި ރަސްދޫގައި ހަރަކާތްތެރިވުމަށް ފަހު، ފަހު ރަށެއްގެ ގޮތުގައި ދާނީ 20 އާއި 21 ގައި ތޮއްޑުއަށެވެ.

މި ރަށްތަކުން ޝީޝާގެ ހިދުމަތްތައް ބޭނުންވާ ރައްޔިތުން ޕްރީ ބުކިންސް ހަދަން ޖެހޭނެއެެވެ. އޭގެ ސަބަބުން އިންސްޓޯލްމަންޓް ސައިކަލު ގަތުމަށާއި ސާވިސްގެ ކަންކަމަށް ފަސޭހަވެގެން ދާނެ އެވެ. ސައިކަލް މޮޑެލްތައް ރިޒާވް ކުރުމަށް 9898823 ގުޅައިގެން ނުވަތަ މެސެޖު ކޮށްގެން ކުރިއަށް ގެންދެވޭނެ އެވެ.

ޝީޝާ އިން ބުނީ މި ހަރަކާތުގެ ތެރެއިން މިހާރު ޝީޝާއިން ކުރިއަށް ގެންދާ "މެގަ ބޭޝް 2025" ގެ ޕްރޮމޯޝަންގެ ދަށުން ވެސް ސައިކަލް ލިބޭނެ ކަމަށެވެ.