ސޯޅަ ވަނަ މޯލްޑިވްސް ރިސޯޓް ކްރިކެޓް މުބާރާތުގައި ބައިވެރިވާން ރިސޯޓްތަކަށް ހުޅުވާލައިފި އެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކުރާ މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 13-20 އަށެވެ.
އެހެންވެ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ރިސޯޓްތަކަށް ބައިވެރިވުމުގެ ފުރުދަތު މި މަހުގެ 31 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މުބާރާތުން 15 ރިސޯޓަކަށް ފުރުސަތު ދޭން ހަމަކެހިފައިވާ އިރު، އެންޓްރީ ފީއަކީ 500 ޑޮލަރެވެ.
މުބާރާތާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 9676757 އިން ހޯދޭނެ އެވެ.