މަސްތުވާތަކެއްޗާ އެކު ރ. ދުވާފަރުން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ މި މަހުގެ 7 ގައި 9 ގައި ހިންގި އޮޕަރޭޝަންތަކެއްގައި ކަމަށެވެ.
އެގޮތުން ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހައްޔަރުކުރީ ދުވާފަރު ފިނިރޯޅި، އާދަމް އިބްރާހީމް، 31، އާއި އެ ރަށު މަރިޔާދުގޭ އިބްރާހީމް ސިނާން، 37، އާއި ކަނދޮޅުދޫ، ސަކީނާ މަންޒިލް، ޢަބްދުﷲ އާދަމް، 51، ގެ އިތުރުން ދުވާފަރު، ވިލާ، ޢަބްދުﷲ ޝާއިފް، 25، އެވެ.
މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަތަރު މީހުންގެ ބަންދަށް ވެސް 3 ދުވަސް ޖަހާފައިވެ އެވެ. އަދި ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.